ސައުތު ތައުފީގަށް ބަޔަކު ބިރު ދައްކަނީ

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ތައުފީގު(ސައުތު ތައުފީގު) އަށް މަރުގެ އިންޒާރު ދީ ބަޔަކު މީހުން ވެގެން ބިރުދައްކާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެގޮތުން ނުރައްކާތެރި ކޮވިޑް 19 ވައިރަހުގެ ސަބަބުން އެންއީއޯސީގެ ގޮތުގައި ދަރުބާރުގެ ބޭނުން ކުރަމުން ދިޔައިރު، އެތަނަށް ކެއިންބުއިމުގެ ހިދްމަތް ދިނުމުގައި އުޅުނު އިރު ދެތިން ފަހަރެއްގެ މަތިން ބަޔަކު މީހުން ބިރުދައްކައި މަރާލާނެ ކަމަށް ބުނެފައިވާ ކަމަށް ސައުތު ތައުފީގު އޮންލައިން ނޫހެއް ކަމަށްވާ ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ދަނީ ވިދާޅުވެފައެވެ.

ތައުފީގު ވިދާޅުވީ، އިންޒާރު ދޭ މީހުންގެ ޑިމަންޑަކީ 600،000ރ ދިނުން ކަމަށާއި، ނަމަވެސް އެއީ އޭނާއަށް ދޭންޖެހޭ ފައިސާއެއް ނޫން ކަމަށެެވެ.

ތައުފީގު ތުހުމަތު ކުރާ ގޮތުގައި މިހާރު ތައުފީގަށް އަންނަމުންދާ ހަމަލާތަކުގެ ފަހަތުގައި ވަނީ ދަރުބާރުގެއަށް ކެއިންބުއިމުގެ ހިދްމަތް ދިނުމުގައި ޖެހިގެން މިއުޅޭ މައްސަލަ ކަމަށެވެ.

ދަރުބާރުގެއަށް ކޭޓަރިންގ ހިދުމަތް ދެމުންދަނީ އެންޑީއެމްއޭ އިން އިއުލާންކުރުމުން ބިޑް ކާމިޔާބުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!