ދެވަނަ ދަރިފުޅަށް ބަލިވެ އިން މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ވިހަންވާއިރަށް އޭނާގެ މުމްބައި އެޕާޓްމެންޓް މަރާމާތު ކުރަން ފަށައިފިއެވެ.
ކަރީނާ ބުނާގޮތުގައި ކަރީނާގެ މި އެޕާޓުމެންޓު މަރާމާތު ކުރަނީ އޭނާގެ “ޑްރީމް ހޯމް” ގެ ސިފައިގައިއެވެ. ކަރީނާ ވަނީ މި އެޕާޓްމެންޓްގެ ބައެއް ތަންތަން ފޭނުންނަށް ދައްކާލުމަށް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިއެވެ. ކަރީނާ ދިއައީ ފެންޑަމިކް ތޭރޭގައިވެސް މަޑުމަޑުން މި އެޕާޓްމެންޓް މަރާމާތު ކުރަމުންނެވެ.
ކަރީނާ ވަނީ މާބަނޑު ދުވަސްވަރުގައި ވެސް މަަސައްކަތް ކޮށްފައިއެވެ. އެގޮތުން ބައެއް އިޝްތިހާރު ތަކުން ފެނިގެން ގޮސްފައިއެވެ. އަދި އޭނާ ހުށައަޅައިދޭ ޝޯވ “ވަޓް ވުމެން ވޯންޓްސް” އިން ވެސް އޭނާ ވަނީ ފެނިގެން ގޮސްފައިއެވެ. މީގެ އިތުރުން ކަރީނާ ވަނީ އާއިލާ އާއި އެކު ދަރަމްޝާލާ ގައި ޗުއްޓީއެއްވެސް ހޭދަކޮށްފައިއެވެ.
ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނެފައި ވަނީ އޭނާ އަކީ ވޯކިން މަދާރ އަކަށް ވާތީ އެކަމާ ފަހުރުވެރި ވާކަމަށް ބުނެފައިއެވެ.