މި ފަޅާ އަރުވާލަނީ މީރާގެ ރީތިކަމުގެ ސިއްރު

މަޝްހޫރު ފިލްމީ ތަރި ޝާހިދު ކަޕޫރު ގެ އަންހެނުން މީރާ ރާޖްޕޫތް އަކީ ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު މިހެކެވެ. މީރާގެ އެކި ކަންކަމަށް ފާރަލާ މީހުންވެސް ގިނައެވެ. ހާއްސަކޮށް އަންހެން ބޭފުޅުން މީރާއަށް ފާރަލާކަން ފާހަގަ ކޮށްލެވެއެވެ.

ކޮންމެއަކަސް މި ގެނެސް ދެނީ މީރާގެ މޫނު ގެ އަދި އިސްތަށިގަނޑުގެ ސިއްރެވެ. ދެކުދިންގެ މަންމަ ގެ ރީތިކަމާ ލޫޅާފަތި ކަމަކީވެސް ގިނަ ބައްގެ މެދުގައި މަޝްހޫރު ވާހަކައެކެވެ.

މީރާގެ މޫނުގެ ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށްޓަކައި އަމިއްލަ އަށް ތައްޔާރު ކުރާ “ފޭސް ޕެކް” އެއް ބޭނުން ކުރެއެވެ.

މާމުއި އަދި ރީދޫ ފޭސް ޕެކް

މާމުއަކީ މޫނުގެ ނެޗުރަލް މޮއިސްޗަ ހިފަހައްޓައިދޭ އެއްޗެކެވެ. އަދި ރީދޫއަކީ އެންޓި ބެކްޓީރިއަލް އެއްޗެކެވެ. މީރާ ބުނާގޮތުގައި މީ މޫނުގައި ނަގާ ބިހިތަކަށް ވަރަށް ރަގަޅު ފޭސް ޕެކް އެކެވެ.

ރޯ ކިރު

ރޯ މިލްކް އަކީ މީރާ ބުނާގޮތުގައި ހަމުގެ ހުރިހާ ކަމަކަށް ވެސް އޮތް ހައްލެވެ. 3 ސަމުސާގެ ކިރުގެ ތެރެއަށް ކަފަކޮޅެއްލާ ރަންގަޅަށް ފޯ ކޮށްލުމަށްފަހު މޫނުގައި އުގުޅުމުން ޑްރައި ސްކިން އަށް ރަނގަޅު ކަމުގައި މީރާ ބުނެއެވެ.

މި ކިޔާ ދެވުނީ މީރާ އޭނާގެ މޫނު ގެ ހަންގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް ބޭނުން ކުރާ ބައެއް ތަކެއްޗެވެ. މި ތަކެއްޗަކީ ފަސޭހަ ކަމާއި އެކު ހެޔޮ އަގުގައި ލިބެން ހުންނަ އެއްޗިއްސެވެ.

މީރާ އޭނާގެ އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓައި ވެސް އަމިއްލަ އަށް “ހެއާ މާސްކް” އެއް ތައްޔާރު ކުރެއެވެ.

މި ހެއާ މާސްކް ތައްޔާރު ކުރުމަށް ބޭނުންވާނީ ބައިޖޯޑުގެ ފްލެކްސް ސީޑްއެވެ. މި ސީޑް ފެނުގައި ކެއްކުމަށް ފަހު ފުރާނާލާށެވެ. އޭރަށް މި ފްލެކްސް ސީޑް ހުންނާނީ ޖެލްއަކާއި އެއްގޮތެއްގައިއެވެ. ދެން މި މާސްކް ބޮލުގައި އުނގުޅާނީއެވެ.

މީ މީރާގެ ރީތި އިސްތަށި ގަނޑުގެ ސިއްރެވެ. ފަސޭހައިން ގޭގައި ތައްޔާރު ކުރެވޭ މި ތަކެތީގެ އަޖުމަ ބަލާއިލަން ރަނގަޅުވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!