މަޝްހޫރު ދިވެހި ފިލްމީ ތަރި މަރިޔަމް އައްޒައަށް އާ އަހަރުގެ ހަދިޔާއަކަށް ލިބުނު އައިފޯން 12 ދައްކާލައިފިއެވެ.
“ބޮސް” ގެ ބަތަލާ އޭނާގެ މީސްމީޑިއާގެ ސްޓޯރީތަކުގައި ހިއްސާކޮށްފައިވާ ގޮތުުގައި، އޭނާއަށް އައިފޯން 12 ދިނީ އޭނާގެ ފިރިމީހާ، އަދި މަޝްހޫރު އެކްޓަރު އަބްދުﷲ މުއާޒް (މުއާ) އެވެ. އައްޒަ ވަނީ މުއާދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައެވެ. އަދި މިއީ އާ އަހަރުގެ ހަދިޔާއަކަށް ލިބުނު އެންމެ ރަނގަޅު ހަދިޔާ ކަމަށް ބުންޏެވެ.


އައްޒައަކީ މީސްމީޑިއާގައި ވަރަށް ހަރަކާތްތެރި ބަތަލާއެކެވެ. ދާދިފަހުން އައްޒަ އޭނާ އިންސްޓަގްރާމް ސްޓޯރީގައި އޭނާ ދިރިއުޅޭ އެޕާޓުމެންޓު ދައްކައިލުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައެވެ.