އާ އަހަރު އަލީގެ ކިބައިން ޖޭސްމިން އެދުނީ ކޮންކަމަކަށް ކަން އެނގޭތަ؟

“ބިގް ބޮސް 14” ގެ ދެބައިވެރިން ކަމަށްވާ ޖޭސްމިން ބާސިން އާއި އަލީ ގޯނީ އަކީ ކުރިން ފެށިގެން ގާތް އެކުވެރިކަމެއް އޮންނަ ދެތަރިންނެވެ. ނަމަވެސް ރަސްމީކޮށް ރައްޓެހި ނުވާ ކަމަށް ދެމީހުން ވެސް އަންނަނީ ބުނަމުންނެވެ. ނަމަވެސް މިހާރު ބެލެވޭ ގޮތުގައި، މި ދެމީހުން އަންނަނީ އެމީހުންގެ ގުޅުން އެހެން ހަރުފަތަކަށް ގެންދަން މަސައްކަތް ކުރަމުންނެވެ.

މީގެ އެއް ހެއްކަކީ، އިއްޔެ ދެއްކި އާ އަހަރުގެ އެޕިސޯޑުގައި، ބިގް ބޮސްގެ ގޭގައި ފާހަގަކުރި ނިއު އިޔާ ޕާޓީގެ ތެރެއިން ޖޭސްމިން އާއި އަލީ ނަށަން ތިބެފައި ޖޭސްމިން ވަނީ އަލީގެ ކިބައިން ކަމަކު އެދިފައެވެ. އެގޮތުން އަލީގެ ކަންފަތް ކައިރީގައި ޖޭސްމިން ބުނީ، އޭނާގެ މައިންބަފައިންނާ ވާހަކަ ދައްކައިގެން އެއްބަސް ކުރުވުމަށެވެ. “އަލީ ބުނެފިއްޔާ އެމީހުން އެއްބަސް ވާނެ”، ޖޭސްމިން ބުނެއެވެ.

އެއީ އެދެމީހުންގެ ލޯބީގެ ގުޅުމަށް ކަމެއް ނުވަތަ ކައިވެނިކުރަން އުޅޭތީ ބުނި އެއްޗެއް ކަމެއް ސާފެއް ނޫނެވެ. އެކަމަކު އަލީ ވަނީ އެ ވާހަކައިން ރެކެން ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެންމެފަހުން އަލީ ވަރަށް ލޯބިން ބުނީ އޭނާ ޖޭސްމިންގެ މައިންބަފައިންނަށް ގުޅައިގެން ވާހަކަ ދައްކާނެ ކަމަށެވެ.

މީގެ ކުރީގެ އެޕިސޯޑެއްގައި، ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ ރާކީ ސާވަންތު ވަނީ އަލީ ކައިރީގައި ޖޭސްމިން އާ ގުޅުވައިގެން ސުވާލެއް ކޮށްފައެވެ. އެއީ ޖޭސްމިންގެ މައިންބަފައިން އެމީހުންގެ ކައިވެންޏަށް ނުރުހިއްޖެނަމަ ހަދާނީ ކިހިނެއްތޯއެވެ. އެޔަށް ޖަވާބުދެމުން އަލީ ބުނީ އޭރުން އޭނާ ޖޭސްމިން އާ ވާހަކަ ދެއްކުން ހުއްޓާލާނީ ކަމަށެވެ. ސަބަބަކީ ޖޭސްމިންގެ މައިންބަފައިންގެ ނުރުހުމުގައި އެފަދަ ކަމެއް ކުރަން ބޭނުންނުވާތީއެވެ. އަލީ އެހެން ބުނުމުން ޖޭސްމިންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

ޖޭސްމިން އާއި އަލީ ވަނީ “ބިގް ބޮސް 14” ގެ ކުރިން “ކަތުރޯން ކީ ކިލާޅީ” ގައި ވެސް ބައިވެރިވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!