ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު އޭނާގެ “ޝޫ ކަލެކްޝަން” ދައްކާލައިފިއެވެ.
އާ އަހަރާ ދިމާކޮށް ކަންގަނާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުގައި ބުނީ ގެއަށް އައީންސުރެ ކޮޓަރިތެރެ ސާފުކުރަނީ ކަމަށެވެ. އަދި އެކަން ކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ބުނަމުން ބުނީ މިއީ ފަހު ދުވަސް ކަމަށެވެ. އެހެންކަމުން 2021 އާ މި ކުރިމަތިލަނީ “ކުއީން” އެއްގެ ގޮތުގައި ކަމަށް ވެސް ބުންޏެވެ.
ކަންގަނާގެ ކްލޯޒެޓް ސާފުކުރަން އިންދައި ނަގާފައިވާ އެ ފޮޓޯއިން ފެންނަނީ ގިނަ އަދަދެއްގެ ފައިވާންތަކެއް އޭނާ ވަށާލާފައި ހުރި ތަނެވެ. އެގޮތުން މުޅި ތަޅުންގަނޑު ފުރިފައި އޮތީ އެކި ކަހަލަ ހީލް ތަކުންނެވެ.
ކަންގަނާގެ ކުރިއަށް ހުރި ފިލްމުތަކަކީ “ތަލައިވީ”، “ދާކަޑް” އަދި “ތޭޖަސް” އެވެ.