ޓޫރިޒަމް މިނިސްޓްރީގެ އީ-މެގަޒިން ނެރެފި

ޓޫރިޒަމް މިނިސްޓްރީގެ އީ-މެގަޒިންގެ ފުރަތަމަ އަދަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ.

“މޯލްޑިވްސް ޓޫރިޒަމް ބުލެޓިން” ގެ ފުރަތަމަ އަދަދު ނެރެދެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، މި މެގަޒިންގެ ސަބަބުން ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ހުރިހާ ފަރާތްތަކާއި، ޓޫރިސްޓުންނާއި، ކިޔަވާ ކުދިންނަށް މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި މެގަޒިންގެ އިސްބަހުގެ ގޮތުގައި ރައީސް އަލިއަޅުއްވާލައިފައި ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ޖެހުމާ ގުޅިގެން ކުރިމަތިވި ދަތިތަކުގެ މައްޗަށެވެ. ނަމަވެސް ކަމާ ބެހޭ އިދާރާތަކާއެކު ކުރި މަސައްކަތުން ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލަކަށް ބަދަލު ކުރެވިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“މޯލްޑިވްސް ޓޫރިޒަމް ބުލެޓިން” ނެރޭނީ މަހަކު އެއް ފަހަރު އެވެ. މި މެގަޒިންގައި ޓޫރިޒަމް ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން ކުރާ މަސައްކަތްތަކާއި، ތަފާސްހިސާބުތަކާއި. ޓޫރިޒަމާ ގުޅޭ ޖަމިއްޔާތަކުން ހާމަކުރާ މައުލޫމާތުތަކުގެ އިތުރުން ޓޫރިޒަމާ ގުޅުން ހުރި ޚަބަރުތަކާއި އެ ދާއިރާގެ އިސް ބޭފުޅުންގެ އިންޓަވިއު ހިމެނޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!