2020 ނިމި 2021 އަށް ދާއިރު ގެންދަން ޖެހުނު މާސްކް!

ކޮވިޑު 19 ގެ ޕެންޑަމުކުގެ ސަބަބުން މާސް އެޅުމަކީ މަޖުބޫރު އަދި ޒަރޫރީ ކަމަކަށްވެފައިވާއިރު،  މާސްކު އެޅުމަކީ މިޙާރު ފެޝަނަކަށްވެސްވަނީ ވެފައެވެ. ހަމައެއާއެކު2020 އިން 2021 ހަށްވެސް ދާންޖެހިފައިމިވަނީ މާސްކާއިއެކުގައެވެ.

ގިނަ މީހުން ގެންގުޅެނީ އާންމުކޮށްއަޅަން އަދި މަސައްކަތަށް އަދި ހާއްސަ ހަފްލާތަކަށް ވަކި މާސްކުތަކެކެވެ. އަދި އެކިކަހަލަ މާސްކުތަކުން ފާއިދާއާއި އެއްވަރަށް ގެއްލުންވެސް ލިބެއެވެ. އެހެންވުމުން ފެޝަނަކަށް ހަދައިގެން މާސްކު އެޅުމުގެ ބަދަލުގައި ރައްކާތރިކަން އިޙުތިޔާރުކުރާށެވެ.

ގިނަ މީހުން ބޭނުންވަނީ ލައިގެން ހުންނަ ހެދުމާއި ގުޅޭ މާސްކުއަޅާށެވެ. ފުރަތަމަ ކޮޅު ސާޖިކަލް މާސްކުތައް އަޅަންޖެހުމުން އުނދަގޫވިޔަސް އަމިއްލައަށް ހަދާ މާސްކުތައް އެޅުމުން މާސްކު އަޅައިގެން އުޅެން ފަސޭހަވިއެވެ. އަދި ގިނަ މީހުން މާސްކު އެޅުމުގެ ސަބަބުން މޭކަޕް ކުރަން ނުޖެހޭތީއާއި ހަންގަނގުގައި ހުންނަ ލަކުނުތައް ފޮރުވާލެވޭތީވެސް މާސްކުއެޅުމަކީ ރަނގަޅު ކަމެއްކަމަށް ޤަބޫލުކުރެއެވެ.

2020 ގެ ކުރިން ގެއިން ބޭރަށް ދިއުމުގެ ކުރިން އާންމުކޮށް ހަމައެކަނި ގެންދަންޖެހެނީ ފޯނާއި އައިނެވެ. ނަމަވެސް މިޙާރު ގެއިން ބޭރަށް ނުކުތުމުގެ ކުރިން މާސްކަކި އޮންނަންޖެހޭނެއެއްޗެކެވެ. އަދި ބައެއް ފަހަރު ހަނދާންނެތިގެން ނުލައި ދެވޭފަހަރު ގިނައެވެ. ކެޔަސް ބުޔަސް ފޮޓޯނެގިޔަސް މާސްކަކީ މިޙާރު އެއްބައެވެ.

ނަމަވެސް ރައްކާތެރިވެ ހުރުމުގެ ގޮތުން މާސްކުއެޅުމަކީ މަޖުބޫރު ކަމަކަށް ވަނީ ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!