Dust rises after explosions hit Aden airport, upon the arrival of the newly-formed Yemeni government in Aden, Yemen December 30, 2020. REUTERS/Fawaz Salman

އަދަން އެއާޕޯޓްގައި ބާރުގަދަ އެއްޗެއް ގޮއްވާލައި 27 މީހުން މަރާލައިފި

އަދަން އެއާޕޯޓަށް ދިން ހަމަލާއެއްގައި 27 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ދިފާއީ ބާރުތަކުން ބުނެ އެވެ. މީހުން ސަލާމަތް ކުރުމުގައި އުޅުނު މީހުން ބުނީ އެކިވަރުގެ އަނިޔާއިން ޒަހަމްވެފައި ތިބި އަދަދު ވަކި މަދުނޫން ކަމަށެވެ.

އެއާޕޯޓަށް ހަމަލާ ދީފައި ވަނީ، ޔަމަނުގައި ޝަރުއީ ސަރުކާރުން ކޮންޓްރޯކްކުރާ ބައިގެ އާކެބިނެޓް ގޮވައިގެން ސައޫދީ އަރަބިއްޔާއިން ދިއަ މަތިންދާބޯޓް އަދަނަށް ޖައްސައި އިރުކޮޅެއްވި ފަހުންނެވެ.

ލޯކަލް މީޑިއާ ބުނާ ބުނާ ގޮތުގައި، ދެވަނަ ހަމަލާއެއް ވެސް ވަނީ ދީފަ އެވެ. ރިޔާސީ ގަނޑުވަރާ މާދުރު ނޫން ހިސާބަކުން ބާރުގަދަ އަޑުފައްގަނޑެއް އިވުނުއިރު، ބޮޑުވަޒީރާއި ކެބިނެޓް އަދި ސައުދީން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ރިޔާސީ ގަނޑުވަރުގައި އުޅުއްވަ އެވެ.

މަތިންދާބޯޓް ޖެއްސިތަނާހެން އެއާޕޯޓް ތެރޭގައި ބަޑިތަޅައިގަތްއަޑު އިވުނު ކަމަށް ލޯކަލް ސެކިޔުރިޓީން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!