އަނުޝްކާ ބަނޑު ދައްކާލައިފި

ބަތަލާ އަނުޝްކާ ޝަރުމާ ވަނީ އޭނާގެ ބޭބީ ބަމްޕް އާއި އެކު ފުރަތަމަ ފޮޓޯޝޫޓް ފުރިހަމަ ކޮށްފައިއެވެ. މީ އޭނާ ވޯގް އިނޑިއާއި އެކު ހެދި ކޮލާބްރޭޝަންއެކެވެ.

ލޮކްޑައުން ތެރޭގައި ބަނޑުބޑުވުމުގެ ފައިދާތަށް އަނުޝްކާ ވަނީ ވޯގް އަށް ކިޔާދީފައިއެވެ. އަނުޝްކާ ވިހާނެ ކަމަށް ބެލެވެނީ 2021 ގެ ޖެނުއަރީގައިއެވެ. އަދި މިކަމަށް ތައްޔާރު ވުމުގެ ގޮތުން އޭނާ ވަނީ ބޭބީއަށް ނާސަރީއެއް ހަދައިދީފައިއެވެ.

އަނުޝްކާ ބުނިގޮތުގައި ނާސަރީގައި ހުރިހާ ކުލައެއް ހުންނާނެކަމަށާއި ޖަނަވާރުންގެ ތީމްއަކަށް ތައްޔާރުކޮށްފައިވަނީ ވިރާޓްއަށާއި އޭނާއަށް ޖަނަވާރުން ކަމުދާތީ ދަރިފުޅަށްވެސް ކަމުދާނެތީވެކަމަށެވެ.

އަނުޝްކާ ބުނެފައިވާ ގޮތުގައި އޭނާ ޖެނުއަރީގައި ވިހެއުމަށް ފަހު މޭގައި އެބުރި މަސައްކަތަށް ނުކުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!