ކޮވިޑް-19 އަށް ބޭހެއް އުފައްދައިފި

ކޮވިޑް-19 އަށް ބޭހެއް އުފައްދައިފި ކަމަށް ރަޝިއާގެ ފެޑެރަލް މެޑިކަލް އެންޑް ބަޔޮލޮޖިކަލް އެޖެންސީ (އެފްއެމްބީއޭ) އިން އިޢުލާނުކޮށްފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ސީދާ މަސައްކަތްކުރާ ފުރަތަމަ ބޭސްގެ ގޮތުގައި ރަޝިއާ އިން އުފައްދާފައިވާ މި ބޭހުގެ ކްލިނިކަލް ޓްރައިލްތައް އާ އަހަރުގެ ކުރިން ފެށޭނެ ކަމުގެ އުއްމީދުގައި ތިބި ކަމަށް އެފްއެމްބީއޭގެ ވެރިޔާ ވެރޮނިކާ ވަނީ ވިދާޅުވެފައެވެ.

ބުދަ ދުވަހު ރަޝިއާގެ ޕްރައިމް މިނިސްޓަރާ ވާހަކަ ދައްކަވަމުން ވެރޯނިކާ ވިދާޅުވީ، މި ބޭހުން ކޮރޯނާވައިރަސް ނައްތައިލަން ޑައިރެކްޓުކޮށް މަސައްކަތްކުރާނެ ކަމަށެވެ. އަދި މިހާރު ކުރިއަށް ގެންގޮސްފައިވާ ޕްރީ-ޓްރައިލްތަކުގެ ނަތީޖާ ދައްކާ ގޮތުން މި ބޭހަކީ %99 އިންސައްތަ އާ ހަމައަށް މަސައްކަތްކުރާ ބޭހެއްގެ ގޮތުގައި ވަނީ ފެނިފައެވެ. އަދި މިއީ ކޮވިޑް-19 ގެ ބަލިމީހުން ބޭނުންކުރަން ރައްކާތެރި ބޭހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކަން ޔަގީންކޮށް އެނގޭނީ ރަސްމީކޮށް ޓްރައިލް ޓެސްޓު ކުރުމުންނެވެ.

ރަޝިއާއަކީ ކޮރޯނާވައިރަހަށް ވެކްސިން އުފައްދައި އިޢުލާނުކުރި ފުރަތަމަ ޤައުމުވެސް މެއެވެ. އެގޮތުން “ސްޕަޓްނިކް 5” ގެ ނަން ދީފައިވާ މި ވެކްސިން ވަނީ ޓްރައިލް ޓެސްޓުތަކން 95 އިންސައްތަ ރަނގަޅު ވެކްސިނެއްގެ ގޮތުގައި ހާމަވެފައެވެ. އެއާއެކު ޑިސެމްބަރު 5ން ފަށައިގެން ރަޝިއާގެ އެކި ކަންކޮޅުތަކުގައި އަންނަނީ އެ ވެކްސިން ދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!