އާ އަހަރު ފާހަގަކުރުމުގެ ގޮތުން ގިނަ ރިސޯޓްތަކެއްގައި ހަވާ އަރުވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އާ އަހަރު ފާހަގަކުރުމަށް 43 ރިސޯޓެއްގައި ހަވާ އެރުވުމުގެ އިންތިޒާމް ވިޔަފާރި އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ހަވާ އެރުވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެންޑީއެފުން ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށް ވިދާޅުވި އެވެ.