ޤަތަރު އެއާވޭސްއިން ދުވާލަކު 4 ދަތުރު ރާއްޖެއަށް

ރާއްޖެއަށް ރަނގަޅު ޑިމާންޑެއް އޮތުމުން ޤަތަރު އެއާވޭސްއިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މިމަހުގެތެރޭ އެއަރލައިނުން ރާއްޖެއަށް ދުވާލަކު 3 ދަތުރު ބާއްވަމުން އައިސް މިހާރު މިވަނީ ދުވާލަކު 4 ދަތުރު ރާއްޖެއަށް ކުރުމަށް ނިންމާފައެވެ.

ޤަތަރު އެއާވެއިސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކޮށްފައިވާއިރު، އެ އެއާލައިނުން ވަނީ ރާއްޖެއާއި ޤަތަރާއި ދެމެދު ޓްރެވެލް ބަބްލްއެއް ޤާއިމުކޮށް އޭގެ ޕެކޭޖްތައް ތަޢާރަފުކޮށްފައެވެ. އަދި މި ޕެކޭޖްއަށްވެސް ފަތުރުވެރިންގެ މެދުގައި އޮންނަ މަޤްބޫލްކަން ބޮޑުވުމުގެ ސަބަބުން ޤަތަރު އެއަރވޭސްއިން ވަނީ ސޭފް ޓްރެވަލް ބަބުލްގެ މުއްދަތު އިތުރުކޮށްފައެވެ.

މި ޕެކޭޖު ތަޢާރަފްކުރިއިރު، މިޕެކޭޖުގެ ދަށުން ރާއްޖެއަށް ދަތުރު ކުރެވޭނީ 1 ޑިސެމްބަރާއި 7 ޖެނުއަރީ އާ ދެމެދުއެވެ. ނަމަވެސް މިހާރުވަނީ އަންނަމަހުގެ 31 ވަނަ ދުވަހާއި ހަމައަށް މުއްދަތު އިތުރުކޮށްފައެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފްލައިޓުތައް ބާއްވާ އެއަރލައިންތަކުގެ ތެރޭގައިވެސް ޤަތަރު އެއަރވޭސް ހިމެނެއެވެ. އެގޮތުން މިހާރު ރާއްޖެއަށް ދުވާލަކު ހަތަރު ދަތުރު ބާއްވަމުންދަނީ އެމިރޭޓްސް އިންނާއި ޤަތަރު އެއަރވޭސްއިން އެކަންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!