އެންމެ ފަހުން އައްޒަ ގެ ކޮޓަރި ފެނިއްޖެ ދޯ!

މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަ ގެ ދިރިއުޅުމުގެ ކަންކަން ހޯދާބަލަން އޭނާގެ ފޭނުން އަބަދުވެސް ބޭނުން ވެއެވެ. މި އަހަރު ފިލްމީ ތަރި މުއާ އާއި ކައިވެނި ކުރިފަހުން އައްޒަ އަށް އެންމެ ގިނަ ފޭނުން ކުރި ސުވާލަކީ “ރޫމް ޓުއާ” ދެނީ ކޮން އިރަކު ހެއްޔެވެ.؟

ސޯޝަލް މީޑިއާގައި ހަރަކާތްތެރި މި ކުޅަދާނަ ބަތަލާ ކައިވެންޏަށްފަހު އެންމެ ގިނައިން ޝެއާ ކޯށްފައިވަނީ މުއާ ގޭގެ މަރާމާތުގައި އަވަދި ނެތި މަސައްކަތް ކުރަމުންދާ ފޮޓޯތަކެވެ. މި ފޮޓޯތަކުގެ ޒަރިއްޔާއިން އައްޒަ ވަނީ މުއާއަށް ފިސާރި ތައުރީފް ވެސް ކޮށްފައިއެވެ. މި ފޮޓޯތަކާއެކު ދެން ފޭނުން ކެތްމަދުވެގެން އުޅުނީ މި ބުނާ “ރޫމް ޓުއާ” އެއް ނުގެނެސް ދީގެންނެވެ. ނަމަވެސް ކެތްމަދުވެފައިވާ ފޭނުންނަން އައްޒަ މިވަނީ އެންމެ ފަހު ކޮޓަރި ދައްކާލައިފިއެވެ.

މިހާރު އިންސްޓަގުރާމުގައި ޓްރެންޑުވަމުން އަންނަ “ޕޯސްޓް އަ ޕިކް” އަށް ރިކުއެސްޓް ކުރުމުގެ ފުރުސަތުގައި ފޭނަކު ކުރި ރިކުއެސްޓަށް، އައްޒަގެ މި ކޮޓަރި ދައްކާލި އިރު ގިނަބަޔަކު ގަބޫލު ކުރާގޮތުގައި މީ ރޫމް “ގޯލްސް” އެވެ. މި ކޮޓަރީގެ ރީތިކަމާއި ފުރިހަމަ ކަމަށް ތައުރީފް ނުކުރާ މީހަކު ނެތެވެ.

އޭގެ އިތުރުން މި “ޓުއާ ގައި އައްޒަ ވަނީ “ވޮޝްރޫމް” އާއި ބަދިގެ، ބެލްކަނީ ގެ އިތުރުން ކޮފީ ކޯނާވެސް ދައްކާލައިފައިއެވެ. މީގެ އިތުރުން މި ޓުއާގައި އޭނާ ވަނީ  ގެންގުޅޭ ގަސްތައް ވެސް ދައްކާލައިފައިއެވެ. މަދު ގަހެއް ފިޔަވާ މުޅިންވެސް ހުރީ ކެޓްޓަސްއެވެ. އައްޒަ ބުނި ގޮތުގައި ކެޓްޓަސް އަކީ އޭނާގެ ފޭވަރިޓްއެވެ.

މި މުޅި ޓުއާއިން ވެސް އޭނާ އަށް ކަމުދިޔައީ ކޮފީ ކޯނާއެވެ.. މިއީ މުއާގެ ބުރަ މަސައްކަތުން ލޯބިވާ އަނބިމީހާއަށް ޑިޒައިންކޮށްދިން ކޮފީ ކޯނާއެއް ކަމަށްވެ އެވެ.

ކޮންމެ އަކަސް އައްޒަ މިވަނީ ފޭނުންނަށް ފޭނުންގެ އެދުން ފުރިހަމަ ކޮށްދީފައިއެވެ. އައްޒަ އަކީ އަބަދުވެސް ފޭނުންނާއި ގުޅޭ ފޭނުންގެ ރިކުއެސްޓްތަށް ފުރިހަމަ ކޮށްދޭ ތަރިއެކެވެ.

ކިޔުންތެރިންނަށް އައްޒަގެ މި “ޓުއާ” އިން އެންމެ ކަމުދިޔައީ ކޮން ތަނެއް ހެއްޔެވެ.؟؟

  1. ތިހެން އޮރިޔާންނިވާނުކޮށް އުޅޭ މީހުން ފަހުން އުޅެންޖެހޭ ކޮޓަރި ހުންނަނީ އަލިފާނުން

    1
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!