ގޯހަރް ކައިވެނިކޮށްގެން އެރި ފުރަތަމަ ފްލައިޓުން ދިމާވީ ކުރީގެ ލޯބިވެރިޔާއާ!

މިދިޔަ ހުކުރު ދުވަހު ކައިވެނިކުރި އިންޑިއާގެ މަޝްހޫރު މޮޑެލް/އެކްޓްރެސް ގޯހަރް ޚާނަށް ވަރުގަދަ އިއްތިފާގެއް ލައްވާލައިފިއެވެ.

މަޝްހޫރު ޓިކްޓޮކް ތަރި އަދި މީސްމީޑިއާ އިންފްލުއެންސާ ޒައިދު ދަރްބާރާ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ކައިވެނީގެ ގޮށް ޖަހާފައި، ކައިވެންޏަށް ދެދުވަސް ވީތަނާ ގޯހަރް ވަނީ ޝޫޓިންގ އަކަށް ލަކްނޯއަށް ފުރައިފައެވެ. ނަމަވެސް އެ ދަތުރުމަތިން އޭނާއާ ދިމާވީ އެންމެ އުއްމީދު ނުކުރާ މީހާއެވެ. އެއީ ގޯހަރްގެ ކުރީގެ ލޯބިވެރިޔާ ކުޝާލް ޓެންޑޮން އެވެ.

ކުޝާލް ވަނީ ވީޑިއޯއެއް މެދުވެރިކޮށް އެ އިއްތިފާގު ހިއްސާކޮށްފައެވެ. ކުޝާލް ބުނީ އޭނާ ގޯހަރަށް ފާރަލަނީ ނޫން ކަމަށެވެ. ނަމަވެސް އެފަދަ ގޮތަކަށް ކުރީގެ “އެކުވެރިއެއް” ދިމާވުމުން ހައިރާންވެއްޖެ ކަމަށް ބުންޏެވެ. އަދި ގޯހަރްގެ ރީތިކަމަށް ތަޢުރީފުކުރަމުން ބުނީ، ފަހަރުގައި އެގޮތަށް ދިމާވީ ގޯހަރަށް ކައިވެނީގެ ތަހުނިޔާ ނުކިޔައި އޮތުމުން ކަމަށެވެ.

ކުޝާލް އާއި ގޯހަރް ރައްޓެހިވީ “ބިގް ބޮސް 7” ގައި އުޅެމުންނެވެ. ނަމަވެސް އަހަރުތަކަކަށް ކުރިއަށްދިޔަ އެ ގުޅުމަށް ނިމުން އައި ސަބަބެއް ނޭނގެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!