ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑް-19 ވައިރަހުގެ އައު ވޭރިއެންޓެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެއްގަމާއި، ވަޔާއި ކަނޑުގެ މަގުން ސައުދީ އަރަބިއްޔާ އެއް ހަފްތާއަށް ބަންދުކުރި މުއްދަތު އިތުރުކޮށްފިއެވެ.
މުއްދަތު އިތުރުކުރީ މިއަދުން ފެށިގެން އަނެއްކާވެސް ހަފްތާއެއްގެ މުއްދަތަށެވެ.
ސައުދީގެ ބޯޑަރު ބަންދު ކުރި ނަމަވެސް، ކާގޯ އާއި އިމަޖެންސީގެ ހާލަތުގައި ފްލައިޓްތަކުން އަންނަ ފަރާތްތަކަށް ހުއްދަ ދެވޭނެ ކަމަށެވެ. އަދި އެގައުމުގައި ތިބޭ އެހެން ގައުމުތަކުގެ މީހުންނަށްވެސް ފުރައިގެންވެސް ދުވޭނެ ކަމަށް ވަނީ ބުނެފައެވެ.
ސައުދީ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެގައި އެޤައުމަށް މިމަހުގެ 8 ވަނަދުވަހގެ ފަހުން ޔޫރަޕުން އެތެރެވި އެންމެން ދެ ހަފްތާއަށް އެކަހެރިވެ ތިބުމަށް ވަނީ އަންގާފައެވެ. އަދި ކޮންމެ ފަސް ދުވަހަކު ކޯވިޑަށް ޓެސްޓްކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި ކޯވިޑްގެ އައު ވައިރަސް ފެތުރޭ ހިސާބަކުން މީގެ ތިންމަސްކުރިން ސައުދީއަށް އެތެރެވި މީހުންވެސް ކޯވިޑަށް ޓެސްޓްކުރުމަށް ވަނީ އަންގާފައެވެ.