ރައްކާ ރޯޑް ޝޯވ 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެލައިޑް އިންޝުއަރަންސް ގުޅިގެން ކުރިއަށް ގެންދާ “ރައްކާ ރޯޑް ޝޯ” ގައި މިފަހަރު ހަފުތާއެއްގެ މުއްދަތަށް ވާޗުއަލް ރަން އެއް ބާއްވަން ނިންމައިފި އެވެ.

ރައްކާ ކެމްޕެއިނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ޢާއްމުން ހޭލުންތެރިކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ކެމްޕެއިނެކެވެ. މިފަހަރުގެ ރައްކާ ކެމްޕެއިންގައި ޚާއްސަ ކަމެއްގެ ގޮތުން ކުރިއަށްގެންދަނީ ވަރޗުއަލް ދުވުމެކެވެ. ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އަންނަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ބާއްވާ މިދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށްވަނީ ހުޅުވާލާފައެވެ. ދުވުމުގައި ރަޖިސްޓްރީވެވޭނީ “ރަން ފޯރ މޯލްޑިވްސް” ވެބްސައިޓް މެދުވެރިކޮށެވެ. މި ދުވުން އެއް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާނެއެވެ. ދުވުން ކުރިއަށްދާއިރު އެކްސިޑެންޓްތައް މަދުކުރުމާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމުގެ ހަރަކާތްތައްވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

“ރައްކާ ކެމްޕެއިން” މިފަހަރު 6 މަސްދުވަހަށް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ކެމްޕެއިންގެ ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކެމްޕެއިންގެ ތެރެއިން މަގުމަތީގެ ގަވާއިދުތަކަށް ހޭލުންތެރިކުރުމުގެ ވީޑިއޯ ކްލިޕާއި، އެކްސިޑެންޓް ރޯލްޕްލޭތަކާއި، ޓީވީ ޕްރޮގްރާމާއި އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ބިލް ބޯޑު ބަހައްޓައިގެން ހޭލުންތެރިކަން އިތުރުކުރުމުގެ މެސެޖުތައް ފޯރުވައިދޭނެއެވެ.

“ރައްކާ ކެމްޕެއިން” ފުރަތަމަ ބާއްވާފައިވަނީ 2016ވަނަ އަހަރުއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!