ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކޮށްފައިވާ ފުޓްސެލް ދަނޑު ހުޅުވައިފި އެވެ.
އެ ދަނޑުގައި ބޭއްވި ހަފުލާގައި އެދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. މި ހަފުލާގައި ޔޫތި މިނިސްޓަރ މަޚްލޫފްވެސް ބައިވެރިވަޑައިގެންނެވި އެވެ.
ދަނޑު ހުޅުވުމަށްފަހު، ޚާއްސަ މެޗެއް ވަނީ ކުޅެފަ އެވެ. އެމެޗުގައި ބައްދަލުކުރީ ޔޫތު މިނިސްޓްރީގެ ޓީމަކާއި ކްލަބް ޕީކޭ އެވެ.
ހެންވޭރު އަޑި ޕާކު ޒަމާނީ ފުޓްސެލް ދަނޑެއްގެ ގޮތުގައި ތަރައްގީކޮށް މިރޭ ހުޅުވާފައި މިވަނީ އެ ބޭނުންކުރާތާ ގާތްގަނޑަކަށް 80 އަހަރު ފަހުންނެވެ.