ސަލްމާނާ ބެހޭގޮތުން ކުރިން ނޭނގޭ ވާހަކަތަކެއް!

ސަލްމާން ޚާނަކީ ބޮލީވުޑްގައި ދެގޮތެއްނުވެ ކާމިޔާބު ފިލްމުތަކެއް ކުޅެ ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ތަރިއެއް ކަމާމެދު ޝައްކެއް ނެތެވެ. އަދި އާދިއްތަ ދުވަހު ފާހަގަކުރި ސަލްމާންގެ 55 ވަނަ އުފަންދުވަހާ ގުޅިގެން އިންޑިއާގެ މުނިފޫހިފިލުވަދޭ ބައެއް ނޫސްތަކުން އަންނަނީ އޭނާއާ ބެހޭގޮތުން ފޭނުން ނޭނގޭ ޝައުގުވެރި ވާހަކަތަކެއް ހިއްސާކުރަމުންނެވެ.

އޭގެތެރެއިން ތިރީގައި މި ހިއްސާކޮށްލަނީ ‘ބޮލީވުޑްލައިފް’ އިން ކިޔައިދީފައިވާ ވާހަކަތަކެކެވެ.

1. ކުޑައިރު ސަލްމާނަކީ ވަރަށް މޮޅު ފެތުންތެރިއެއް. އަދި ބައެއް މުބާރާތްތަކުގައި އިންޑިއާ ތަމްސީލުކޮށްދީފައި ވެސް ވޭ.

2. ސަލްމާންގެ ފިލްމު “ޖޭ ހޯ” ގެ ޕޯސްޓަރުތައް ކުރަހާފައި ވަނީ އޭނާ އަމިއްލައަށް. އޭނާއަކީ ހުނަރުވެރި ކުރެހުންތެރިޔެއް، އަދި އެ ހުނަރަކީ މަންމަގެ ފަރާތުން ވާރުތަ ވެފައިވާ ހުނަރެއް ކަމަށް ބެލެވޭ.

3. ޝާހްރުކް ޚާންގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ފިލްމު “ބާޒީގަރް” ފުރަތަމަ ހުށަހެޅީ ސަލްމާނަށް. ނަމަވެސް ސަލްމާންގެ ބައްޕަ ބޭނުންވި ފަދަ ބަދަލުތައް އެ ކެރެކްޓާއަށް ގެންނަން ފިލްމު ހަދާ ފަރާތްތަކުން އެއްބަސް ނުވުމުން ސަލްމާން އެ ފިލްމު ދޫކޮށްލި. އެންމެފަހުން ފިލްމު ލިބުނީ ޝާހްރުކް އަށް.

4. ސަލްމާންގެ ވާދަވެރި އެކްޓަރުން ކަމަށްވާ ޝާހްރުކް އަދި އާމިރު ޚާން މެންފަދަ ތަރިން ފިލްމުތަކުގައި ގައިގޯޅި ސީންތައް ކުޅުނަސް، ސަލްމާންގެ އެއްވެސް ފިލްމެއްގައި އޭނާ އެކަހަލަ ސީނެއް ނުކުޅޭ. އަދި އެއީ އޭނާ ބެލުންތެރިންނަށް ދައްކަން ބޭނުންވާ މަންޒަރެއް ނޫން ކަމަށް ބުނޭ.

5. ސަލްމާނަކީ ސައިކަލު ދުއްވަން ވަރަށް ލޯބިކުރާ މީހެއް. އެގޮތުން އޭނާ އަތުގައި މޮޅެތި ބްރޭންޑުތަކުގެ ސައިކަލު ކަލްކެޝަނެއް ހުރޭ.

6. ސަލްމާން އޭނާގެ އެކުވެރިންނަށް އަގުބޮޑެތި ހަދިޔާ ދީފައިވޭ. އޭގެތެރޭގައި ކަރީނާ ކަޕޫރަށް ދިން ބީއެމްޑަބްލިޔު ކާރު، އަދި ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އަށް ބެންޑްރާ އިން ގަތްންދިން އަގުބޮޑު އެޕާޓުމެންޓު ފާހަގަކޮށްލެވޭ.

7. މަޝްހޫރު ގެލެކްސީ އެޕާޓުމެންޓުގެ އިތުރުން ސަލްމާންގެ ފާމްހައުސެއް ޕޭންވެލް ގައި ހުރޭ، އަދި ދުބާއީގައި ވެސް އޭނާގެ ގެއެއް ހުރޭ.

8. ސަލްމާނަކީ ސާފުތާހިރުކަމަށް ވަރަށް ލޯބިކުރާ މީހެއް. އެގޮތުން އެކި ވައްތަރު ވައްތަރުގެ ސައިބޯނި ގެންގުޅޭ، ޚާއްސަކޮށް މީރުވަސް ދުވާ ސައިބޯންޏަށް ގަޔާވޭ.

9. ޝާހްރުކް ޚާން އަލަށް މުމްބާއީ އަށް ދިޔައިރު ސަލްމާންގެ ގޭގައި މަޑުކުރި

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!