ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ 75 ޕަސެންޓް ނިމިއްޖެ

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 72 ޕަސެންޓް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތާއި ތާރު އެޅުމުގެ މަސައްކަތް މި މަހުގެ 24 ވަނަ ދުވަހު ފަށާފައިވާ އިރު މިހާރު އެ މަސައްކަތުގެ 72 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ނިންމާފައި ވާ ކަމަށް އެމްތީ ސީސީން ބުނެއެވެ. ހަމައެއާއެކު ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި، ސްޕީޑް ބްރޭކަރު ހަރު ކުރުމާއި، 10،205 މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!