ފަޅު ރަށެއް / ފޮޓޯ: މިހާރު

ރިސޯޓް ހަދަން ތިން ރަށަކާއި ބިމެއް ބީލަމަށް

ޓޫރިޒަމް ތަރައްގީ ކުރަން ކަނޑައަޅާފައިވާ ތިން ރަށަކާއި ބިމެއްގައި ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވައިލަން ޓޫރިޒަމް މިނިސްޓްރީ ނިންމައިފި އެވެ.

އެއީ ހއ. އަލިދުއްފަރު ފިނޮޅާއި ހދ. އަތޮޅުގައި ދަނޑުވެރިކަން ކުރާ ރަށް، ވައިކަރަމުރައިދޫން 15 ހެކްޓަރުގެ ބިމާއި ށ. އަތޮޅު ކުޑަޅައިމެންދޫ އާއި ނ. އަތޮޅުގެ ކުންނަމެލައި އެވެ.

މިނިސްޓްރީން ބުނީ ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖަނަވަރީ 14 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފު ކުރުމުގެ ފަހި ބައްދަލުވުމުގައި ބައިވެރިވެ، އަންނަ މާރިޗު މަހުގެ ހަތް ދުވަހު 10:00 ޖަހާއިރަށް އެ މިނިސްޓްރީއަށް ގޮސް ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ޖެނުއަރީ މެންދުރު ފަހު 2:00 ގެ ކުރިން މިނިސްޓްރީއަށް އީމެއިލުން މައުލޫމާތު ދޭން ޖެހެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!