ޔޫކޭ އިން އަންނަ މީހުން ކަރަންޓީނުކުރަނީ

މިމަހުގެ 27 އިން ފެށިގެން އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ މީހުން ކަރަންޓީނުކުރަން ނިންމައިފި އެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި އިއުލާނެއްގައި ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ 12 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުގައި މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. 

އެގޮތުންއިނގިރޭސިވިލާތުގައި އުޅެފައިވާ ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްވިސްގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހެ އެވެ. އެއީ 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުން ހިމެނޭގޮތަށެވެ. 

އަދި އެ ފަރާތްތައް ރާއްޖެ އަންނަތާ ފަސް ދުވަހަށް ފަހު އަދި 10 ދުވަހަށް ފަހު ކޮވިޑް-19 އަށް ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އޭގެ އިތުރުން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ ގެންނަން ޖެހެ އެވެ. 

އެޗްޕީއޭ އިން ވަނީ އެ ފިޔަވަޅުތަށް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކަށް އަންގާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!