FILE PHOTO: A man wearing a protective face mask walks past closed restaurants in the Quartier Latin in Paris during the national lockdown to combat a resurgence of the coronavirus disease (COVID-19) outbreak in France, November 25, 2020. REUTERS/Gonzalo Fuentes

ކޯވިޑް-19ގެ އައު ވައްތަރު ފަރަންސޭސިވިލާތުން ފެނިއްޖެ

އިނގިރޭސިވިލާތުގައި ފެތުރެމުންދާ ބަދަލު އައިސްފައިވާ ކޯވިޑް-19 ވެކްސިން ފަރަންސޭސިވިލާތުން ފެނިއްޖެއެވެ.

ފަރަންސޭސިވިލާތުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނީ އިނގިރޭސިވިލާތުގެ ލަންޑަނުން އެ ޤައުމަށް ދަތުރުކުރި ފަރަންސޭސިވިލާތުގެ ރައްޔިތެއްގެ ކިބައިން ކޯވިޑް-19ގެ އައު ވައްތަރު ފެނިފައިވާކަމަށެވެ. ޑިސެމްބަރު މަހުގެ 19ވަނަ ދުވަހު ލަންޑަނުން ދަތުރުކުރި އެ މީހާ ހުރީ ޓުއާސް ކިޔާ ސިޓީއެއްގައިކަމަށާއި، އޭނާ މިހާރު ހުރީ އެކަހެރިވެގެންކަމަށް ޞިއްޙަތާއިބެހޭ ވުޒާރާއިން ބުންޏެވެ. އޭނާގެ ޙާލު ރަނގަޅުކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި އޭގެ ސަބަބަކީ އެ ޤައުމުގައި ފެތުރެމުންދާ ވައިރަހުގެ އައު ވައްތަރެއްކަމަށް އިނގިރޭސިވިލާތުގެ ޞިއްޙަތާއިބެހޭ ވަޒީރު މެޓް ހެންކޮކް އިޢުލާނުކުރެއްވީ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައެވެ. އޭނާ ވިދާޅުވީ އައު ވައިރަހުގެ ސަބަބުން ބަލިޖެހިފައިވާ 1،000އަށްވުރެ ގިނަ މީހުން އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުން ފެނިފައިވާކަމަށެވެ.

ބަލި ފެތުރުމުގެ ބާރު 70 އިންސައްތައަށް ގަދަ ވައިރަހުގެ ބާވަތެއް އިނގިރޭސިވިލާތުން ފެނިފައިވާއިރު ދެކުނު އެފުރިކާއާއި ނައިޖީރިއާއިންވެސްވަނީ ބަދަލު އައިސްފައިވާ ވައިރަސްތަކެއް ފެނިފައެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 2.5 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 62،427 މީހުންވަނީ މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!