ސަލްމާންގެ އުފަންދުވަހު ގެ ކައިރިއަށް ފޭނުން އެއްނުވުމަށް އެދިއްޖެ

ޑިސެމްބަރު 27 ގައި ފާހަގަކުރާ ސަލްމާން ޚާންގެ 55 ވަނަ އުފަންދުވަހު، އޭނާ ދިރިއުޅޭ ގެ ކައިރިއަށް މީހުން އެއްނުވުމަށް އެދިއްޖެއެވެ.

އެހެން އަހަރުތަކުގައި ސަލްމާންގެ އުފަންދުވަހު އޭނާ ދެކިލުމަށް ގިނަ އަދަދެއްގެ ފޭނުން ސަލްމާންގެ ގެލެކްސީ އެޕާޓުމެންޓު ކައިރިއަށް ތޮއްޖެހުނަސް، މިފަހަރު އެގޮތަށް ކަންތައް ނުކުރުމަށް އެދި ސަލްމާން ވަނީ ކުރިއާލައި އެޕާޓުމެންޓުގެ ބޭރުގައި ނޯޓިސް އެއް ހަރުކޮށްފައެވެ. އޭގައި ލިޔެފައިވާ ގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިކަން އިސްކުރުމަށް އެންމެންނަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި މާސްކު އެޅުމަށާއި ސެނިޓައިޒާ ބޭނުންކުރުމަށް ވެސް ހަނދާން ކޮށްދީފައި ވެއެވެ.

މީގެ އިތުރުން ސަލްމާން ބުނީ އޭނާ މިވަގުތު ހުރީ ގެލެކްސީ އެޕާޓުމެންޓުގައި ނުވެސް ނޫން ކަމަށެވެ.

ސަލްމާން މިވަގުތު އުޅެނީ “އަންތިމް” ފިލްމުގެ ޝޫޓިންގައެވެ. އޭނާ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ “ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!