މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 34 މީހުން

މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 34 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 34 މީހުންނާއި، އަތޮޅުތެރެއިން މީހުން ދިރިއުޅޭ ރަށަކުން އެކެކެވެ.

މިއީ 2122 ސާމްޕަލް ތެރެއިން ޕޮޒިޓިވްވި 35 މީހުންނެވެ.

މިއަދު ބަލިން ރަނގަޅުވީ 24 މީހެކެވެ.

އެއާއެކު ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،618 އަށް އަރައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!