ޑަބްލިއުއެޗްއޯގެ ތަޢުރީފު ދިވެހި ސަރުކާރަށް

ކޮވިޑް-19ގެ ވެކްސިން ހަމަހަމަކަމާއެކު ރައްޔިތުންނަށް ދިނުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އުސޫލުތައް ފާހަގަކުރައްވައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޯސް އެދެނޮމް ތަޢުރީފުކުރައްވައިފިއެވެ.

ޑރ. ޓެޑްރޯސް ކުރެއްވި ޓުވީޓެއްގައިވަނީ ކޮވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ލިބެމުންދާ ކާމިޔާބީތައް ފާހަގަކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް އަށް ފޯނުން ގުޅުއްވައި މުހިންމު ކަންތައްތަކަކާ ގުޅޭގޮތުން ވާހަކަދެކެވުނުކަންވެސް ފާހަގަކުރައްވާފައި ވެއެވެ.

ހަމައެހެންމެ، ހުރިހާ ރައްޔިތުންނަށް ހަމަހަމަކާއެކު ވެކްސިން ފޯރުކޮށްދިނުމަށް ގެންގުޅޭ އުސޫލުތަކަށް ޓެޑްރޯސްވަނީ ތަޢުރީފުކުރައްވާފައެވެ.

ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ވެކްސިން ފޯރުކޮށްދިނުމުގެ ބައިނަލްއަޤުވާމީ ނިޒާމުގެ ތެރެއިން ވެކްސިން ރާއްޖެއަށް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭއިރު އާބާދީއަށް އެއްކޮށް ބޭނުންވާ ވެކްސިން އެހެނިހެން ގޮތްގޮތުން ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!