އެއާޕޯޓުގެ ޓްރެފިކް އެންމެ ބޮޑުވާނީ މި މަހުގެ 26 އަދި 27 ގައި

މިއަދާ މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ބާރުބޮޑުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ ބޯޑަރު ހުޅުވިފަހުން މިހާތަނަށް އެއާޕޯޓުގެ ޓްރެފިކް އެންމެ ބޮޑުވާނީ މި މަހުގެ 26 އަދި 27 ވަނަ ދުވަހު ކަމަށެވެ. އަދި މިހާތަނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން ވެސް އަންނާނީ އެ ދެ ދުވަހު ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ ވީއައިއޭއަށް ބާރުބޮޑުވާއިރު، ހުރިހާ އޮޕަރޭޝަނެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތް ކަމަށެވެ.
ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު ޖުމްލަ 5،674 މީހުން ރާއްޖެ އައިސްފައި ވެއެވެ.

މިއަދާއި މާދަމާ އެންމެ ގިނަ ފްލައތް ޖައްސާނެ ކަމަށް ބެލެވޭ އިރު މިއަދު އަޒުރް އެއާގެ ޗާޓާޓް ފްލައިޓްތައް ވަނީ ޖައްސާފައެވެ. އެ ފްލައިޓުން ރާއްޖެއަށް 311 ޕަސިންޖަރުން ވަނީ އައިސްފައެވެ.

ރާއްޖޭގެ ބޯޑަރު ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ބަންދުކޮށް އަލުން ހުޅުވާފައިވަނީ ޖުލައި 15 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް 20 ފްލައިޓެއް ދަނީ ދަތުރު ކުރަމުންނެވެ.

ބޯޑަރު އަލުން ހުޅުވާލި ފަހުން މި އަހަރުގެ މިހާތަނަށް 528،065 މީހުން އައިސްފައިވެއެވެ. މިމަހުގެ 25 ވަނަ ދުވަހު ރާއްޖެ އަށް 3،000 އަށްވުރެ ގިނަ މީހުން އައިސްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!