ހުޅުމާލޭގެ މަގު ބައްތިތައް ބަދަލުކޮށް އާ މަގުބައްތި ހަރުކުރަން ނިންމައިފި

ހުޅުމާލޭގެ މަގު ބައްތިތައް ބަދަލުކޮށް އާ މަގުބައްތި ހަރުކުރަން ނިންމައިފިއެވެ.

އެޗްޑީސީ އިން ހާމަ ކުރިގޮތުގައި ހުޅުމާލޭގެ މަގުތައް އަލިކޮށް މަގުބައްތި ޖެހުމަށް އެކުލަވާލައިފައިވާ ސްޓްރީޓް ލައިޓް މާސްޓަ ޕްލޭންގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.

އެޗްޑީސީން ބުނީ މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް މަގުތަކުގައި ހުރި ބައެއް ގަސްތައް ކަނޑަން ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލޭގެ މަގުތައް އަލިކުރުމަށް މަގުބައްތި އިތުރުކުރުމުގެ މަޝްރޫއެއް ފަށާފައިވަނީ މީގެ އަހަރެއް ކުރިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!