ޕްރިޒަން އޮފިސަރުންނަށް ހިންގި ތިން ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި ބާއްވައިފި

ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އިން ޕްރިޒަން އޮފިސަރުންނަށް ހިންގި ތިން ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި މަހު އަށް ކުރިއަށް ގެންދިޔަ މި ތިން ޓްރޭނިންގ ޕްރޮގްރާމަކީ 19 އޮފިސަރުން ބައިވެރިވި “ޔޫއެންއޯޑީސީ ޑައިނަމިކް ޓްރޭނިންގ ޓީއޯޓީ”، 25 އޮފިސަރުން ބައިވެރިވި “ޔޫއެންއޯޑީސީ ޓްރޭނިންގ އޮން ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން އިން ޕްރިޒަން” އާއި 25 އޮފިސަރުން ބައިވެރިވި “ޔޫއެންއޯޑީސީ ޓްރޭނިންގ އޮން ކައުންޓަރިންގ ވަޔޮލެންޓް އެކްސްޓްރީމިސްމް އިން ޕްރިޒަން” އެވެ. ޖުމްލަކޮށް 69 އޮފިސަރުން ވަނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވެ، ފުރިހަމަކޮށްފައެވެ.

މި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގައިފާ ވަނީ އެމްސީއެސްއާ ގުޅިގެން ޔޫއެންއޯޑީސީ އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ “ކައުންޓަރ-ޓެރަރިޒަމް ސަޕޯޓް ޕްރޮޖެކްޓް” ގެ ދަށުން ފަންޑުކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އެހީތެރިކަމާއެކުގައެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވީ ޔޫއެންއޯޑީސީގެ ކޮންސަލްޓަންޓެއް ކަމަށްވާ އައިދާ މިޔޮލްމޯއެވެ.

މި ޕްރޮގްރާމްތަކުގެ އިތުރުން “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)”ގެ “ޓްރޭނިންގ ދަ ޓްރޭނަރސް” ޕްރޮގްރާމް ވެސް ވަނީ ޕްރިޒަން އޮފިސަރުންނަށް ހިންގާފައެވެ.

މި ޓްރޭނިންގ ޕްރޮގްރާމްތަކުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއެވެ. މިނިސްޓަރގެ އިތުރުން މި ހަފްލާގައި  ޔޫއެންއޯޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ ތާއިބާ ސައީދު،  ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން ކޮމިޝަންޑް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!