ކޮވިޑް-19 ގެ ވެކްސިން ހޯދުމާއި ގުޅޭ ގޮތުން ރާއްޖެ އިން ޑަބްލިއު އެޗް އޯ އާއި މަޝްވަރާކޮށްފި

ކޮވިޑް-19 ގެ ވެކްސިން ހޯދުމާއި ގުޅޭ ގޮތުން ރާއްޖެ އިން ޑަބްލިއު އެޗް އޯ އާއި މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރައްވާފައި ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފިސް މެދުވެރިކޮށެވެ.

އަންނަ އަހަރުގެ ކުރީކޮޅު ވެކްސިން ލިބޭނެ ކަމަށް މީގެ ކުރިން އެޗްއީއޯސީން ބުނެފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ވެސް ވިދާޅުވެފަ އެެވެ. 

ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ވެކެސިން ލިބޭނެ ކަމަށާއި، އެކަމަށް ބޭނުންވާ ޕްރޮޕޯސަލްތައް ހެދުމާއި، ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތި ކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރެވެމުންދާއިރު އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި ހައި ރިސްކް މީހުންނެވެ. 

އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ބެޗް ލިބޭއިރު ވެކްސިން ލިބޭނީ އެކި ބެޗް ބެޗަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!