ތިލަފުށީ ފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި މީހާ އައިސީޔޫގައި

ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި ފިރިހެން މީހާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ރާއްޖެ އެމްވީ އާއި ހަވާލާދީ ވިދާޅުވީ އަލިފާނުގެ ހާދިސާގައި ފިހިގެން ދިވެއްސެއްގެ އިތުރުން ބިދޭސީއެއް ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެނެވިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ދިވެހި ފިރިހެން މީހާއަށް މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށާއި، އެމީހާ ހަށިގަނޑުގެ 20 އިންސައްތަ ފިހިފައިވާ ކަމަށެވެ. ބިދޭސީ މީހާއަށް އިމަޖެންސީގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މިއަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގީ ދޯންޏަށް ތެޔޮއަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. ވިލާ ސައިޓްގެ ފަޅުތެރޭގައި އޮތް މިދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!