ދިޝާ އުޅެނީ ރާހުލް މަތިން ހަނދާންވާތީ

ކަލާޒް އިން ގެނެސްދޭ “ބިގް ބޮސް 14” ގެ ބައިވެރިއެއް ކަމަށްވާ ރާހުލް ވެއިދްޔާ މަތިން ހަނދާންވާ ކަމަށްބުނެ އޭނާގެ ލޯބިވެރިޔާ، ޓީވީ އެކްޓްރެސް ދިޝާ ޕަރްމަރް އިންސްޓަގްރާމްގައި ހިއްސާކޮށްފިއެވެ.

ރާހުލް ވަނީ ބިގް ބޮސްގެ ގޭގައި ހުރެ ދިޝާ ކައިރީ ކައިވެންޏަށް ވެސް އަހާފައެވެ. ނަމަވެސް އެއަށް ދިޝާ ދިން ޖަވާބެއް އަދި ނޭނގެއެވެ.

ދިޝާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ރާހުލް އާއެކީ ކުރިން ނަގާފައިވާ ސެލްފީއެއް ހިއްސާކޮށްފައެވެ. އަދި ފޮޓޯގެ ކައިރީގައި ހަނދާންވާ ކަމަށް ލިޔެފައިވެއެވެ. ރާހުލް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އަމިއްލައަށް އެދިގެން ބިގް ބޮސް ގެ ގެއިން ނުކުމެފައެވެ. އޭރު އޭނާ ބުނީ އާއިލާ މަތިން ހަނދާންވާ ކަމަށާއި، އަދި ދިޝާގެ ފަރާތުން ޖަވާބެއް ލިބިފައި ނުވާތީ ހިތް މަރުވެފައިވާ ކަމަށެވެ. ނަމަވެސް އޭގެފަހުން އަނެއްކާވެސް އޭނާ ވަނީ އެ ޝޯއަށް އެނބުރި އައިސްފައެވެ.

ފަހުން ދިޝާ ހާމަކުރިގޮތުގައި، ރާހުލް ކައިވެންޏަށް އެހުމުން އޭގެ ޖަވާބު “ބިގް ބޮސް” ގެ ޓީމާ ހިއްސާކޮށްފައި ވާނެއެވެ. ނަމަވެސް އެމީހުން ރާހުލް އާ ހަމައަށް އެކަން ފޯރުކޮށްދީފައެއް ނުވެއެވެ. ރާހުލް “ބިގް ބޮސް” އިން ނުކުތް އިރު ދިޝާ ހުރީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުގައެވެ. އެހެންކަމުން އެދެމީހުން ދިމާވެފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!