ސަލްމާންގެ ޓައިގާ 3 ގެ ޝޫޓިން މާޗްގައި

ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ “ޓައިގާ” ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން އަންނަ މާޗް މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމު މި ފަހަރު ޑައިރެކްޓްކުރާނީ “ބޭންޑް ބާޖާ ބާރާތު” އާއި “ފޭން” ޑައިރެކްޓުކުރި މަނީޝް ޝަރުމާ އެވެ. ޓައިގާ ސީރީޒްގެ ފުރަތަމަ ފިލްމު “އޭކް ތަ ޓައިގާ” 2012 ގައި ގެނެސްދިނީ ކަބީރް ޚާނެވެ. “ޓައިގާ ޒިންދާ ހޭ” 2017 ގައި ގެނެސްދިނީ އަލީ އައްބާސް ޒަފަރެވެ.

ރިޕޯޓްތައް ބުނާގޮތުން “ޓައިގާ 3” ގެ ވަރަށް ބޮޑު ބައެއް މެދުއިރުމަތީގައި ޝޫޓްކުރާނެއެވެ.

މި ފިލްމުގެ ޝޫޓިން މާޗަށް ތާވަލުކޮށްފައިވާއިރު، ސަލްމާން މި ވަގުތު އަންނަނީ “އަންތިމް” ގެ މަސައްކަތް ކުރަމުންނެވެ. އަދި ކެޓްރީނާ އަންނަނީ “ފޯންބޫތު” ގެ މަސައްކަތް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!