ބިގް ބޮސް 13 މާ ރަނގަޅު: ކަޝްމީރާ

މިއަހަރުގެ “ބިގް ބޮސް 14” އަށްވުރެ މިދިޔަ އަހަރުގެ ސީޒަން މާ ރަނގަޅު ކަމަށް ކުރީގެ ބައިވެރިޔާ ކަޝްމީރާ ޝާހު ބުނެފިއެވެ.

މިފަހަރުގެ ސީޒަނަށް ޗެލެންޖާއިންގެ ގޮތުގައި ގެނައި ކުރީގެ ބައިވެރިންގެ ތެރޭގައި ހިމެނުނު ކަޝްމީރާ ‘އީޓައިމްސް’ އަށް ދިން އިންޓަވިއުއެއްގައި ބުނީ، “ބިގް ބޮސް 14” ގެ ބައިވެރިން އެހާ ކަމުނުދާ ކަމަށެވެ. އެކަމަކު މިދިޔަ 13 ވަނަ ސީޒަންގައި ވަރަށް ކުޅަދާނަ ބައިވެރިންތަކެއް ފެނިގެން ދިޔަ ކަމަށާއި، އެމީހުންނާއެކީ ޗެލެންޖާއެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ނަމަ އެހާ އަވަހަށް ކަޓައިގެން ނުދިޔައީސް ކަމަށެވެ.

ކަޝްމީރާ ވަނީ މިފަހަރުގެ ސީޒަންގައި 2 ހަފްތާ ދުވަސް “ބިގް ބޮސް” ގެ ގޭގައި މަޑުކުރުމަށްފަހު، ބެލުންތެރިންގެ ވޯޓު މަދުވެގެން ނުކުންނަން ޖެހިފައެވެ.

“ބިގް ބޮސް 13” އަކީ އެ ޝޯގެ ތާރީޚުގައި ވެސް އެންމެ ބޮޑު ތަރުހީބެއް ލިބުނު ސީޒަންކަން ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!