222 ގެސްޓްހައުސް ހުޅުވައިފި

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން މިހާތަނަށް 222 ގެސްޓްހައުސް ހުޅުވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 222 ގެސްޓް ހައުސް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ ކ އަތޮޅުން 99 ގެސްޓް ހައުސް އާއި އއ އަތޮޅުން 54 ގެސްޓް ހައުސް އާއި އދ އަތޮޅުން 21 ގެސްޓްހައުސް އާއި ވ އަތޮޅުން 21 ގެސްޓްހައުސް އަދި ފުވައްމުލަކުން 8 ގެސްޓް ހައުސްއެވެ.

މީގެ އިތުރުން ހއ އަތޮޅުން ހަތަރު ގެސްޓް ހައުސް އާއި އައްޑޫ ސިޓީން ހަތަރު ގެސްޓް ހައުސް އަދި ބ އަތޮޅުން 8 ގެސްޓްހައުސް އާއި ނ އަތޮޅުން ގެސްޓް ހައުސް އަކާއި ގދ އަތޮޅުން ގެސްޓް ހައުސްއެކެވެ. 222 ގެސްޓްހައުސްގައި 4،276 ބެޑް ހިމެނެއެވެ.

މިހާތަނަށް 138 ރިސޯޓު އަދި ޔޮޓް މެރީގައި 32،380 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!