ތިލަފުށި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި

ތިލަފުށީ ފަޅުގައި އޮތް ދެ އުޅަނދެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކަށް އައިސީޔޫގައި މިހާރު ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖިއެމްއެޗުގެ މީޑިއާ އޮޕިޝަން ވިދާޅުވީ އިއްޔެ އެ ހޮސްޕިޓަލަށް ގެނައި ދެ މީހުންގެ ތެރެއިން ދިވެހި މީހާ އަށް އައިސީޔޫގައި ފަރުވާދެމުން ދާ ކަމަށެވެ.

އެގޮތުން އެމީހާ ވަނީ 20 ޕަސަންޓު ފިހިފައި ކަމަށް އައިޖިއެމްއެޗުގެ މީޑިއާ އޮޕިޝަން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އިއްޔެ ގަނައި ދެ ވަނަ މީހާ (ބިދޭސީ މީހާ) މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ދޯންޏަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!