ތިން އަތޮޅެއްގައި އަންނަ ހަފްތާތެރޭ މީސްލްސް ވެކްސިން ޖަހަން ފަށަނީ!

މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ގިނަ ބަޔަކު އަދިވެސް ރާއްޖޭގައި އެބަތިބި ކަމަށާއި އެެހެންކަމުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިކަމުގެ ލިޔުން ނެތް ހުރިހާ ފަރާތްތަަކަށް ވެކްސިން ޖެހުުމުގެ ގޮތުން އަންނަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ތިން އަތޮޅެއްގައި ވެކްސިނޭޝަން ފަށާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީސްލްސް ނުވަތަ ހިމަ ބިހި އަކީ ކޮވިޑަށް ވުރެ ހަލުވި ކަމާއިއެކީ ފެތުރޭ ބައްޔެއް ކަމަށާއި އެހެންނަމަވެސް މީސްލްސް ގެ ދެ ޑޯޒް ހަމަ ނުކުރާ ފަަަރާތްތަށް ރާއްޖޭގައި އަދިވެސް އެބަ ތިބިކަމަށް ނަޒްލާ ވިދާޅުވިއެވެ. 

އެގޮތުން 18 މަހާއި 40 އަހަރާއި ދެމެދުގެ ދިވެހިން ތެރޭގައި މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިކަމުގެ ލިޔުން ނެތް ފަރާތްތަަކަށް ވެކްސިން ޖެހުުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ބިދޭސީންގެ ތެރެއިން ވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުން ނެތް މީހުންނަށްވެސް ވެކްސިން ޖެހޭނެ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

ޑރ. ނަޒްލާ ވިދާޅުވީ މިއަންނަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ތިން  އަތޮޅެއްގައި ވެކްސިނޭޝަން ފަށާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!