ނުރޯތި، ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ ގެ ނައިރާ މަރުވަނީ!

ސްޓާ ޕްލަސް ގެ އެންމެ މަޤުބޫލު އަދި އެންމެ ގިނަ ދުވަސްވީ އެއް ޝޯ ކަމަށްވާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” އަށް އާ ޓްވިސްޓެއް އަންނަން ތައްޔާރުވެއްޖެއެވެ.

މިހާރު އާންމުވެފައިވާ ޕްރޮމޯ އިން ފެންނަނީ ޝޯގެ ބަތަލު ކާރްތިކް އޭނާގެ އަންހެނުން ނައިރާގެ ޖަނާޒާގައި ހިތާމަކުރާ މަންޒަރެވެ. އެހެންކަމުން ޔަގީންވާ ކަމަކީ، ކުރިއަށް އޮތް އެޕިސޯޑުތަކުގައި ނައިރާ ކޮންމެވެސް ގޮތަކުން މަރުވާނެ ކަމެވެ.

ނަމަވެސް ނައިރާގެ ކެރެކްޓާއަށް ނިމުން ގެންނަން އުޅޭ ސަބަބެއް މިހާތަނަށް ސާފެއް ނުވެއެވެ.

ކޮންމެއަކަސް “ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ” ގެ ބެލުންތެރިން، ކުރިއަށް އޮތް އެޕިސޯޑުތަކުގައި ރޮއްވައިލާނެކަމަށް ބެލެވެއެވެ.

2009 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި ޑްރާމާ ސިލްސިލާގައި މިހާތަނަށް އެތައް ކެރެކްޓާތަކެއް ފެނި ގެއްލިފައި ވެއެވެ. އޭގެތެރެއިން ފުރަތަމަ ބަތަލާ ހިނާ ޚާނަކީ މިހާރު ވަރަށް ކާމިޔާބު ތަރިއެއް ކަން ފާހަގަކޮށްލެވެއެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!