ކޮވިޑް ނައި ނަމަ އަހަރެން މިހާރު ހުންނާނީ އާލިއާއާ ކައިވެނިކޮށްގެން: ރަންބީރު

މި އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަން މެދުވެރިނުވި ނަމަ އާލިއާ ބަޓް އާ ކައިވެނި ކުރީސް ކަމަށް ރަންބީރު ކަޕޫރު ބުނެފިއެވެ.

ފުރަތަމަ ފަހަރަށް އެ ގުޅުމާ ބެހޭގޮތުން މީޑިއާއަކަށް ތަފްސީލުކޮށްދެމުން މަޝްހޫރު އެކްޓަރު ބުނީ، އެދެމީހުންގެ ކައިވެންޏާ ބެހޭގޮތުން މީޑިއާތަކުން ފަތުރަމުންދަނީ ތެދު ޚަބަރެއް ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު ކައިވެނިކުރަން ތައްޔާރުވެފައި ވަނިކޮށް އެކަން ފަސްކޮށްލަން ޖެހުނީ ކޮވިޑް-19 އާ ހެދި ކަމަށް ބުންޏެވެ. ފިލްމު ޖާނަލިސްޓު ރަޖީވް މަސަންދް އަށް ދިން އިންޓަވިއުގައި 38 އަހަރުގެ އެކްޓަރު ވަނީ އާލިއާ އަށް ނިސްބަތްކޮށް “ގާރލްފްރެންޑް” އޭ ވެސް ބުނެފައެވެ.

މިދިޔަ ލޮކްޑައުންގައި އާލިއާ އާއި ރަންބީރު ދިރިއުޅުނީ އެކުގައި، އެއް ގެއެއްގައެވެ.

މި ދެތަރިން އެކުގައި އެންމެ އަވަހަށް ފެންނާނެ ފިލްމަކީ، އަޔާން މުކަރްޖީގެ “ބްރަމްރަސްތުރާ” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!