ހުޅުމާލޭގައި 5 ބުރީގެ އޮފީސް ޢިމާރާތެއް ހަދަން ރެއިންބޯއާ ޙަވާލުކޮށްފި

ހުޅުމާލޭގައި 5 ބުރީގެ އޮފީސް ޢިމާރާތެއް އެޅުމަށް ރެއިންބޯ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފިއެވެ.

އެކަމަށްޓަކާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކޯޕަރޭޝަންގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަޙްމަދެވެ. އަދި ރެއިންބޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑިރެކްޓަރ މާޒިން އިބްރާހީމް ރަފީޤެވެ.

މި ޕްރޮޖެކްޓަކީ 2 ޖުލައި 2020 ވަނަ ދުވަހު އިޢުލާންކޮށް، އިވެލުއޭޝަން މަރުހަލާ ނިންމާ، ރެއިންބޯ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. އަދި މި އޮފީސް އިމާރާތަކީ އެޗް.ޑީ.ސީން އާއްމުކޮށްފައިވާ ހުޅުމާލެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިންގެ ދަށުން އިމާރާތްކުރާ ތަނެއްކަމަށްވެސް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

“މިކްސް އޮފީސް ބިލްޑިންގ” ދަށުން ހަދާ މި އޮފީސް އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު D6-1B ގައެވެ. މިއީ 12،137.37 އަކަފޫޓުގެ ބިމެއްކަމަށް އެޗް.ޑީ.ސީން މަޢުލޫމާތުދެއެވެ. އެގޮތުން 5 ބުރިއަށް ހަދާ މި އޮފީސް ޢިމާރާތުގައި އޮފީސް ސްޕޭސްގެ އިތުރުން، ގްރައުންޑް ފްލޯގައި ކޮމާޝަލް ސްޕޭސް އަދި ޕާކިންގއަށްވެސް ޖާގަ ކަނޑައަޅާފައިވާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!