ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި

ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި މިއަދު ހަވީރު 16:39 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ. މި ހާދިސާގައި ދެ މީހަކު ފިހިގެން ފަރުވާ އަށް އައިޖީއެމްއެޗް އަށް ވަނީ ގެންގޮސްފައިއެވެ. ފިހުނު މީހުންގެ ތެރެއިން ބޮޑަށް ފިހިފައި ވަނީ ދިވެއްސެކެވެ. އެ ދެމީހުންނަށް ވެސް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓްލުގައި ފަރުވާދެމުންންވެ.

މި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާނީ 17:37 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ ވިލާ ސައިޓްގެ ފަޅުތެރޭގައި އޮތް ދެދޯންޏެއްގައި ކަމަށާއި، ދޯނީގެ ވާ ކަނޑާލުމުން ދޯނި ފަޅުން ބޭރަށް އޮޔާ ދާ ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ދޯންޏަށް ތެޔޮއަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!