ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ އޮޔާދަނީ

ތިލަފުށީގައި ޖެޓީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.

އަލިފާން ރޯވެފައިވަނީ ތިލަފުށީ ވިލާ ޖެޓީ ސަރަހައްދުގައި އޮތް ދޯންޏެއްގައެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 16:39 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ދޯންޔަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށާއި ދޯނީ ގެ ވާ ކަނޑާލުމުގެ ސަބަބުން ދޯނީ އޮޔާދާކަމަށްވެސް އެ ފަރާތުން ވިދާޅުވެއެވެ.

މި ހާދިސާގައި މީހަކު ފިހިގެން މާލެ ގެނައުމުގެ މަސަށްކަތް ކުރަމުންދާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އަދި ހަމ އެއާއިއެކު އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ ލޯންޗް ހަރަކާތްތެރި ވަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!