ޕެންޝަން އޮފީހުގެ ސީއީއޯކަމަށް ބޭރު ބޭފުޅެއް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އާ ސީއީއޯއެއް އައްޔަނުކޮށްފިއެވެ.

އެ އޮފީހުގެ ސީއީއޯއަކަށް އައްޔަންކޮށްފައި ވަނީ އިންޝުއަރަންސާއި ޕެންޝަނާ ބެހޭ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައުވާ ޖޯން ގްރިންޑަލް އެވެ.

ޕެންޝަން އޮފީހުން ބުނީ އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ފަންޑު ކަމަށްވާ ފަންޑު އުފެދުނީ 2009 ވަނަ އަހަރު އެވެ. އެ އޮފީހުގެ ސީއީއޯ މަގާމު އެންމެ ފަހުން ފުރުއްވާފައިވަނީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރުކަން ވެސް ކުރިން ކުރެއްވި މުހައްމަދު ހުސައިން މަނިކު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!