ހުޅުމާލޭ ސްވިމިންގ ޕޫލް އާއްމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވައިލަނީ

ހުޅުމާލޭ ސްވިމިންގ ޕޫލް އާއްމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލުމަށް ނިންމައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ އެ އެސޯސިއޭޝަނުން ބަލަހައްޓާ ހުޅުމާލޭ ސްވިމިންގ ޕޫލް، މެންބަރޝިޕް އުޞޫލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނީ އާއްމު ދިވެހިންގެ މެމްބަރޝިޕް ފީ އަކީ މަހަކު 1500 ރުފިޔާ ނުވަތަ ދުވާލަކަށް ނަމަ 150 ރުފިޔާކަމަށެވެ. އަދި ބިދޭސީންގެ މެމްބަރޝިޕް ފީ އަކީ މަހަކު 3000 ރުފިޔާ ނުވަތަ ދުވާލަކަށް ނަމަ 300 ރުފިޔާކަމަށެވެ. އަދި މެމްބަރޝިޕް އޮންނަ ފަރާތްތަކަށް ޕޫލް ބޭނުންކުރެވޭނީ ދުވާލަކު އެއް ގަޑިއިރަށްކަމަށް ސްވިމިންގ އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.

ހުޅުމާލޭ ސްވިމިންގ ޕޫލް އާއްމުންނަށް ހުޅުވާލާއިރު އެކަމަށް ޚާއްސަ އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން ޢާންމު ފަރާތްތަކަށް ޕޫލު ބޭނުންކުރުމުގެ ފުރުޞަތު ދެވޭނީ، ފެތުމުގެ ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައެވެ. އަދި ހުކުރު އަދި ހޮނިހިރު ދުވަސް ޚާއްސަކޮށްފައިވަނީ އާއިލާތަކަށާއި ގުރޫޕް ތަކަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!