މާރާމާރީގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަނީ

މާރާމާރީގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާ މާރާމާރީގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަލަމިން މިއާ (40އ) ކަމަށެވެ.

އެހެންކަމުން އަލަމިން މިއާގެ އެއްވެސް މަޢުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު (9791674) އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!