މިހާތަނަށް 198 ގެސްޓްހައުސްއެއް ހުޅުވައިފި

ގްރޭޓަރ މާލެ ސަރަހައްދުގެ 20 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ކޯވިޑް19 އަށްފަހު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 198 ގެސްޓްހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. މީގެތެރޭގައި މާލެ ސަރަހައްދުގެ 20 ގެސްޓްހައުސް ހިމެނެއެވެ. މާލެ ސަރަހައްދު ނުހިމަނައި ރާއްޖޭގެ 29 ރަށެއްގެ ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ދީފައެވެ. ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދީފައިވާ ރަށްތަކުގެ ތެރޭގައި:

 • ހއ. ވަށަފަރު: 3 ގެސްޓްހައުސް
 • ނ. ފޮއްދޫ: 1 ގެސްޓްހައުސް
 • ބ. ދަރަވަންދޫ: 2 ގެސްޓްހައުސް
 • ބ. ކަމަދޫ: 3 ގެސްޓްހައުސް
 • ކ. ދިއްފުށި: 6 ގެސްޓްހައުސް
 • ކ. ގާފަރު: 4 ގެސްޓްހައުސް
 • ކ. ގުޅި: 3 ގެސްޓްހައުސް
 • ކ. ގުރައިދޫ: 12 ގެސްޓްހައުސް
 • ކ. ހިންމަފުށި: 4 ގެސްޓްހައުސް
 • ކ. ހުރާ: 9 ގެސްޓްހައުސް
 • ކ. މާފުށި: 20 ގެސްޓްހައުސް
 • ކ. ތުލުސްދޫ: 13 ގެސްޓްހައުސް
 • އއ. ބޮޑުފުޅަދޫ: 1 ގެސްޓްހައުސް
 • އއ. މަތިވެރި: 4 ގެސްޓްހައުސް
 • އއ. ރަސްދޫ: 9 ގެސްޓްހައުސް
 • އއ. ތޮއްޑޫ: 24 ގެސްޓްހައުސް
 • އއ. އުކުޅަސް: 12 ގެސްޓްހައުސް
 • އދ. ދަނގެތި: 5 ގެސްޓްހައުސް
 • އދ. ދިގުރަށް: 8 ގެސްޓްހައުސް
 • އދ. ހަންޏާމީދޫ: 3 ގެސްޓްހައުސް
 • އދ. އޮމަދޫ: 4 ގެސްޓްހައުސް
 • ވ. ފުލިދޫ: 8 ގެސްޓްހައުސް
 • ވ. ކެޔޮދޫ: 7 ގެސްޓްހައުސް
 • ވ. ތިނަދޫ: 2 ގެސްޓްހައުސް
 • ގދ. ތިނަދޫ: 1 ގެސްޓްހައުސް
 • ޏ. ފުވައްމުލައް: 6 ގެސްޓްހައުސް
 • ސ. ފޭދޫ: 1 ގެސްޓްހައުސް
 • ސ. މަރަދޫ ފޭދޫ: 2 ގެސްޓްހައުސް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ މިހާތަނަށް ދީފައިވަނީ ކ. އަތޮޅަށެވެ. ކ. އަތޮޅުން 91 ގެސްޓްހައުސްއެއް މިހާތަނަށް ވަނީ ހުޅުވާފައެވެ. ރާއްޖޭގައި މުޅި ޖުމްލަ 198 ގެސްޓްހައުސްއެއް މިހާރު ހުޅުވާފައިވާއިރު މި ހުރިހާ ގެސްޓްހައުސްތަކެއްގެ ބެކް ކެޕޭސިޓީއަކީ 3882އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!