ސީލައިފަށް 12 މިލިޔަން ޑޮލަރު ދޭން ސިވިލް ކޯޓުގައި ކުރި ދައުވާ އެކުންފުންޏާ ދެކޮޅަށް ނިންމައިފި

ސީލައިފާއެކު ދައުލަތުން ވެފައިވާ އެއްބަސްވުމެއް ބާތިލުކުރުމުން ބަދަަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާ އެކުންފުންޏާ ދެކޮޅަށް ނިންމައިފިއެވެ.

ސިވިލް ކޯޓުން އެ ހުކުމްކޮށްފައި މިވަނީ ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ދައުލަތުގެ ފަރާތުން ހައުސިން މިނިސްޓްރީއާ ދެމެދު 26 ފެބްރުއަރީ 2018 ގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ސީލައިފަށް ދިވެހި ދައުލަތުން ދައްކަންޖެހޭ 12 މިލިއަން ޑޮލަރު ހޯދުމަށް ކުންފުނިން ކުރި ދައުވާގެ މައްސަލައާ ގުޅިގެންނެވެ. 

ހުކުމުގައި ވަނީ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ސެޓްލްމަންޓް އެގްރީމެންޓްގެ މައްސަލަ ބަލަމުންދާ ކަމަށާއި ކޮމިޝަނުން ބެލި ލިޔެކިޔުންތައް ހިސާބުކުރުމުން ސީލައިފުން ކޮށްފައިވާ ހަރަދުތައް ކަމަށް ސެޓްލްމަންޓް އެގްރީމެންޓުގައި ބަޔާންކޮށްފައިވާ އަދަދާ ދިމާނުވާކަމަށް އެ ކޮމިޝަނުގެ ކަރުދާހުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ސެޓްލްމަންޓްގެ އެގްރީމެންޓުގައި އެއްބަސްވެފައިވާ އަދަދުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާތީ މިއީ ބާތިލުކުރުމުގެ އިހުތިޔާރު ލިބިގެންވާ އެއްބަސްވުމެއް ކަމަށްވެސް ހުކުމުގައިވެއެވެ.

އަދި ސެޓްލްމަންޓް އެގްރީމެންޓްގައި އެއްބަސްވެފައިވާ އަދަދު ރަނގަޅުކަމަށް ސެޓްލްމަންޓް އެގްރީމެންޓްގައި ސޮއިކުރިއިރު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެއްބަސްވެފައިވުމަކީ، އެ އަދަދުގެ ސައްހަކަމާމެދު މިހާރު ސުވާލު އުފެދި އެ އަދަދުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. 

ހުކުމްގައި އިތުރަށް ވަނީ އެގްރީމެންޓްގައި އޭރު ސޮއިކުރިކުރުމުގެ މައްޗަށް އެކަނި ބަލައި ސެޓްލްމަންޓް އެގްރީމެންޓްގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެއްބަސްވެފައިވާ ފައިސާ ނަގައިދެވޭނެ ސަބަބެއްކަމަށް ޝަރީއަތަށް ބުރަވެވެން ނެތުމުން، ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅާ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!