މިފްކޯއިން މަސްވެރިއަކަށް މަހަކު 22،000 ރުފިޔާ ލިބޭނެ: ޒަހާ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިހާރު މަސް ގަންނަ އަގަށް ބަލާއިރު، މަސްވެރިއަކަށް މަހެއްގެ މައްޗަށް އެވްރެޖުކޮށް 22،000 ރުފިޔާ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރު، މިގޮތަށް ވިދާޅުވެފައި މިވަނީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. 

މިނިސްޓަރު ވިދާޅުވީ، މިސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއި މަސް ވިއްކޭނެ އެންމެ ދަށް އަގު ނުވަތަ “ފްލޯ ޕްރައިސް” ކަނޑައެޅިގެން ދިއުން އޭނާ ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ކަޅުބިލަމަސް ގަނެވޭނެ އެންމެ ދަށް އަގު އަށް ރުފިޔާއިން 13 ރުފިޔާއަށް މަތިކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައަޅަން ޖެހުނީ މަސް ގަންނަ ކުންފުނިތަކާއި މަސްވެރިންނަށް ވެސް ގެއްލުންނުވެ އިތުރު ފުރުސަތު ފަހިކޮށްދިނުމަށެވެ. މިނިސްޓަރު ވަނީ މިވަގުތުގެ ފްލޯ ޕްރައިޒް އަށް ބަލާއި، މިހާރު މަހަކު މަސްވެރިއަކަށް އެވްރެޖްކޮށް 22،000 ރުފިޔާ ލިބޭނެކަމަށް ވެސް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިން އޮތް ގޮތުންނަމަ މަހެއްގެ މައްޗަށް މަސްވެރިއަކަށް ޖެހުނީ 11،500 ރުފިޔާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!