މާލޭގައި ކުނި ނެގުން އަންނަ މަހު 15 ގައި ރޭގަނޑަށް ބަދަލުކުރަނީ

އަންނަ މަހުގެ 15 އިން ފެށިގެން މާލެ ސަރަހައްދުގައި، ކުނި ނަގާނީ ރޭގަނޑު ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ސިޓީ ކައުންސިލް އާއި ވެމްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި އަންނަ މަހުގެ 15 އިން ފެށިގެން ކުނި ނަގާނީ ރޭގަނޑު 12:00 އިން ފެށިގެން ކަމަށެވެ. ނަމަވެސް ރޭގަނޑު 10:00 ގެ ކުރިން ކުނި ކޮތަޅު ނެރުމަށް އެ ކުންފުނިން އެދެ އެވެ.

އޭނާ ވިދާޅުވީ ކުނި ނަގާ ގަޑިއަށް މި ގެނައި ބަދަލު އޮންނާނީ މިހާރު ފެތުރެެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން އޮތް ހާލަތަށް ބަދަލު އަައުމާއި ހަމައަށް ކަމަށެވެ. އަދި އޭގެ ފަހުން އަނެެއްކާވެެސް “ޑޯ ސްޓެޕް” ހިިދުމަތަށް ބަދަލު ކުރާނެ ކަމަށާއި، އޭރުން ގަޑިއަށް ވެެސް ބަދަލު ގެންނާނެެ ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!