090221-N-4774B-002 MALDIVES (Feb. 21, 2009) Members of the Maldives National Defense Force Coast Guard approach the guided-missile cruiser USS Lake Champlain (CG 57). Lake Champlain is part of the Boxer Expeditionary Strike Group on a scheduled deployment to the Western Pacific in support of global maritime security. (U.S. Navy photo by Mass Communication Specialist 2nd Class Daniel Barker/Released)

މަސްދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި

މަސްވެރިކަަމަށް ނިކުމެ އުޅުނު “ޒިކުރާ” ދޯނިން މީހަކު ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 9:36 ހާއިރު ރިޕޯޓްކުރި އެ ހާދިސާގައި މިޔަރެއް ހަމަލާދީފައިވަނީ ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު “ޒިކުރާ” ނަމަކަށް ކިޔާ ދޯނީގައި ހުރި 40 އަހަރު ދިވެހި މަސްވެރިއަކަށް ކަމަށެވެ.

އަދި އޭނާ ވެއްޓުނު ވަގުތު މިޔަރެއް ހިފާއި، ޒަހަމްވެފައިވާތީ ސިއްހީ އަވަސް ފަރުވާއަށް ނައިފަރަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ. 

މިއަދު ހެނދުނު 9:36 ގައި އެ ރިޕޯޓް ލިބުނުއިރު އެމްއެންޑީއެފް އިން ބުނީ އެ މީހާގެ ފައިގެ މައި ނާރަށް ވެސް ގެއްލުންވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!